ENGLISH
02 ނޮވެމްބަރު 2025
ގައުމީ ގުރުއާން މުބާރާތުގައި 87 ބައިވެރިން ކިޔަވައިފި
20 ސެޕްޓެމްބަރު 2025
|
ގުރުއާން މުބާރާތުގައި ދަރިވަރެއް ކިޔަވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިހާރު ފެށިގެން ކުރިއަށްދާ 37 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި 37 ބައިވެރިޔަކު ގުރުއާން ކިޔަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ފެށި މި މުބާރާތުގައި މިހާތަނަށް ކިޔެވި 87 ދަރިވަރުންގެ ތެރެއިން 44 ބައިވެރިންނަކީ ބަލައިގެން ކިޔެވި ބައިވެރިންނެވެ. އަދި 43 ބައިވެރިންނަކީ ނުބަލައި ހިތުން ކިޔެވި ބައިވެރިންނެވެ. މި އަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި 1،036 ބައިވެރިޔަކު ވާދަކުރާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މުބާރާތުގެ ބައިވެރިންގެ ތެރެއިން 582 ބައިވެރިން ކިޔަވާނީ ބަލައިގެންނެވެ. އަދި 423 ބައިވެރިން ކިޔަވާނީ ނުބަލައި ހިތުންނެވެ. އަދި ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ބއިވެރިވެއެވެ.
މުބާރާ ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގައެވެ. މުބާރާތް ނިންމައިލާނީ މި މަހުގެ 26 ވަނަަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މުބާރާތުގެ ހުރިހާ ބައިތަކުން އެއްވަނައާއި ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުންވެސް ގަދަ ތިންވަނަ ހޮވާނެއެވެ. މުބާރާތުގެ ގޮފިތަކުންނާއި މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.