ENGLISH

02 ނޮވެމްބަރު 2025

Advertisement

ފެލިދޫ އައުޓް ޑޯ ޖިމް ހުޅުވައި، ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ކެޔޮދޫގައި ގާއިމުކުރި އައުޓް ޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދޫގައި ސަރުކާރުން ތަރައްގީކުރި އައުޓް ޑޯ ޖިމު ހުޅުވައި، ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފިއެވެ. 

ފެލިދޫ އައުޓް ޑޯ ޖިމު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮަށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި އައުޓް ޑޯ ޖިމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއުއެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއާއި ފެލިދޫ ކައުންސިލުގެ ރައީސާއި މެންބަރުންނާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

އެ މަސައްކަތުގެ ދަށުން ކޮންކްރީޓު މަސައްކަތްކޮށް، އައުޓް ޑޯ ޖިމަށް ބޭނުންވާ ތަކެތި ހަރުކޮށްފައިވެއެވެ. އެއީ 2.91 މިލިއަން ރުފިޔާއަށް 50 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. 

އޭގެ އިތުރަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެލިދޫގައި ފަށާފައިވެއެވެ. އެއީ އެ ރަށުގެ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތާއި އެ ރަށުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތެވެ. 

ފެލިދޫ ހޮސްޕިޓަލުގެ މަޝްރޫގެ ދަށން 7،147 އަކަފޫޓުގެ އެކޮމަޑޭޝަން ބްލޮކަކާއި، 2،563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި، 76،175 އަކަފޫޓުގެ ހެލްތު ސެންޓަަރ ބްލޮކް ހިމެނޭ ގޮތަށް 37 އެނދުގެ އިމާރާތެއް ތަރައްގީކުރާނެއެވެ. 

ބިންގަނޑު ކޮނެ ލެވެލްކުރުމާއި ކޮންކްރީޓާއި މެޝިނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުން ފަދަ މަސައްކަތްތައް މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދެވޭނެއެވެ. 

މި މަޝްރޫއަކީ 105.36 މިލއިަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކޮށްފަައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

ޕޮލިސް ސްޓޭޝަނުގެ މަސައްކަތުގެ ތެރޭގައި، ތަނުގެ ވަށާފާރު ރޭނުމާއި އޮފީސް ބްލޮކާއި ކުށްވެރިން ބައިތިއްބާނެ ބްލޮކެއް ގާއިމުކުރުން ހިމެނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ޕޮލިސް ސްޓޭޝަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރާނެއެވެ. 

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 13.43 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމުމުގެ މުހުލަތެއް ކަމުގައި ކަނޑައަޅާފައިވަނީ 360 ދުވަހެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި ރެކްރިއޭޝަން ސެންޓަރުތަކާއި، ހޮސްޕިޓާ އަދި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު