ENGLISH
02 ނޮވެމްބަރު 2025
ވަޒީރު ސަޢީދު އިދިކޮޅު ޕާޓީތަކަަށް: ސިޔާސީންނަށް އާދައިގެ ކަމަކަށް ވިޔަސް އޭޓީއެމް ހުޅުވުން ދާނީ ބާރަށް ކުރިއަަށް
20 ސެޕްޓެމްބަރު 2025
|
އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު
ރައްޔިތުންނަށް ދަތިވެ،ތަކުލީފަކަށްވެފައިވާ ކޮންމެ ކަމަކަށް އަވަސް ޙައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރެއާއި ދުވާލު ކުރައްވާ ބުރަ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިޤްތިސާދާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމްއެމްޓީވީން އެކްސްގައި ހިއްސާކުރި ޕޯސްޓެއް ރި-ޕޯސްޓް ކުރައްވާ ވަޒީރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ރަށުން ލިބުމާއި ކޮންމެ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވުން އެއީ އާދައިގެ ކަންކަމަށް ބައެއް ސިޔާސީ ފަރާތްތަކަށް ހީވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރު މިކަންކަން ކުރުން ހުއްޓާލާނެ ކަމެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރުގެ އައިނުފިހާރަ ހުޅުވުމާއި އެއާއެމްބިޔުލާންސްގެ ޚިދުމަތާއި ޑައެލިސިސް ސެންޓަރުތައް އިތުރުކުރުމާއި 23 ބާވަތުގެ އަސާސީ މުދާ ކަނޑައަޅާ ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަމަޖެއްސުން ފަދަ ކަންކަމަކީ ސިޔާސީ ފަރާތްތަކަށް އާދައިގެ ކަންކަމަށް ވެދާނެ ކަމަށެވެ.
މީގެ އިތުރުން ވޭޕް މަނާކުރުން އެކަން އިދިކޮޅުގެ ވެރީންނަށް ގޯސްވެ އަލުން ވެރިކަން ލިބިއްޖެނަމަ، ފުރަތަމަ ދުވަހު ވޭޕް ހުއްދަކޮށް، ސިނގިރޭޓު ބޮޑުތަނުން އަގުހެޔޮ ކުރަން ވަޢުދުވާއިރު ވެރިކަން ކުރީންވެސް ލިބި އެއްވެސް ކަމެއް ރަނގަޅު ކޮށްލުމުގެ ބަދަލުގައި، ފަސޭހަގޮތް އިޙްތިޔާރުކުރުމުގެ ނަތީޖާގެ ގޮތުން ސަލާމަތްނު ވާވަރަށް ޤައުމު ދަރުވާލާފައިވާ ކަމަށެވެ.
".. ހިތުހުރި ވަރަކަށް ފައިސާ ޗާޕްކޮށް ރުފިޔާގެ އަގުވައްޓާލީ ވެސް. ވެރިކަމާއި، މަޖިލިސްގެ ސްޕަމެޖޯރިޓީ ރައްޔިތުން ދިނުމުން، އެޖެންޑާ19 ތަފާތު ވާނޭ ކިޔާފަ ދެ ފެކްޝަންގެ ޒުވާބަކަށް ނޫންތޯ ދިޔައީ. ކުޑަމިނުން، ހުޅުވުނު ގޭދަށު މަސްފެކްޓްރީއެއް ނެތްތާ، ބްރިޖެއްގެ ތަނބުވެސް ޖަހާނުލެވުނު," ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފެއިލިއާ ފާހަގަކުރައްވާ ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ އިދިކޮޅުގެ ވެރީން ކިތަންމެ ވާހަކައެއް ދެެއްކި ނަމަވެސް އަދިވެސް އޭޓީއެމްހުޅުވުން އިތުރުވާނެ ކަމަށާ އެެފަދަ ކަންކަން ބާރަށް ކުރިޔަށްދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރާއިރު އެއީ ވަރަށް އާދައިގެ މާ ބޮޑު ބޭނުމެއް ނެތް މުހިންމު ކަން ކުޑަ ކަމެއް ކަމަށް ދެއްކުމަށް އިދިކޮޅުގެ ވެރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އެ ކަމުގެ ސަބަބުން ލިބުނު ބޮޑު ފަސޭހައާ ކުރީން ކުރަން ޖެހުނު ބޮޑު ޚަރަދާއި ތަކުލީފަށް އައި ނިމުން ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.