ENGLISH
02 ނޮވެމްބަރު 2025
ފެލިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވައިފި
19 ސެޕްޓެމްބަރު 2025
|
ފެލިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ފެލިދެއަތޮޅު ފެލިދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ފެލިދޫ ކައުންސިލުންވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ.
އަދި ރަށުގައި ބިމުގެ ޖާގައިގެ ދަތިކަންހުރުމާއިއެކު، ވަކި ވަކި ކުޅިވަރު ކޯޓްތަކުގެ ބަދަލުގައި ރަށަށް އެންމެ ރަނގަޅީ ސްޕޯރޓްސް ކޮންޕޮލެކްސްއެއްކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ހޮސްޕިޓަލްގެ ފަރާތުންވަނީ ސީއެމްބިއުލާންސެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.