ENGLISH
19 ސެޕްޓެމްބަރު 2025
މިއީ އިންތިޚާބެއްގެ ކެމްޕޭނަކަށް ނޫން ގޮތަކަށް ރައީސަކު ފުލިދު އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު: ކައުންސިލް ރައީސް
19 ސެޕްޓެމްބަރު 2025
|
ރާއްޖޭގައި މިނިވަން، ދެ ފުށްފެންނަ އިންތިޚާބުތަކަށް ހުޅުވިގެން ދިޔަ ފަހުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބެއްގެ ކެމްޕޭނަށް ނޫން ގޮތަކަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކު ވ. ފުލިދުއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒް ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަށް ރައީސް ފެއްޓެވި 8 ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުނ ވ. ފުލިދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ބޭއްވި ބައްދަލުވުމުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން ކައުންސިލްގެ ރައީސް އިމްތިޔާޒް ވިދާޅުވީ ރައީސްގެ ދަތުރުފުޅުން ހާމަވެގެން ދަނީ ރައްޔިތުންގެ ކަންބޮޑުވުން ގާތުން އަޑު އެއްސެވުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުގުވެރިކަމާއި އެކަމަށް ދެއްވާ އަހުމިއްޔަތުކަން ކަމަށެވެ.
"މިއަދަކީ ވ. ފުލިދޫ އަށް ވަރަށް ތާރީޚީ ދުވަހެއް. ފުލިދޫ އަށް ވަރަށް އުފާވެރި ދުވަހެއް. މިއަދު ޚާއްސަވެގެންދާ ދެ ސަބަބެއް އަޅުގަނޑު ދަންނަވާލާނަން. ރާއްޖޭގައި މިނިވަން، ދެ ފުށްފެންނަ އިންތިޚާބުތަކަށް ހުޅުވިގެން ދިޔަ ފަހުން، ރިޔާސީ އަދި މަޖިލިސް އިންތިޚާބެއްގެ ކެމްޕޭނަށް ނޫން ގޮތަކަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކު ވ. ފުލިދުއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު،" ކައުންސިލްގެ ރައީސް އިމްތިޔާޒް ވިދާޅުވި އެވެ. ދެވަނަ ސަބަބަކީ ރައްޔިތުންގެ ކަންބޮޑުވުން ގާތުން އަޑު އެއްސެވުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުގުވެރިކަމާއި އެކަމަށް ދެއްވާ އަހުމިއްޔަތު."