ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

ސްޓޭޓް ފާމަސޫޓިކަލް ކޯޕަރޭޝަންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

19 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އެސްޓީއޯގެ އައު ފާމަސީ -- ފޮޓޯ: އެސްޓީއޯ

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ބޯޑަށް މެންބަރު އައްޔަނުކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށާއި ބޯޑް މެންބަރު ކަމަށް ބޭފުޅުން އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ ވ. ފަޝާމަންޒިލް ޑރ. ޝާހް މާހިރެވެ. މީގެ އިތުރުން މ. ކުރެއްދޫގެ އާއިޝަތު މުޙައްމަދާއި ޝިބާނާ ދީދީ ވަނީ ހަމަޖައްސަވާފަ އެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު