ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

19 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން --

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ހަދަމުންދާ ބައިގެ މަސައްކަތަށް ހިއްކަން ޖެހޭ ސަރަޙައްދުން ބޮޑު ބައެއް ހިއްކާ ނިމިއްޖެ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތަށް ހިއްކަން ޖެހޭ ބައިގެ 90 އިންސައްތަ ވަނީ ނިމިފަ އެވެ. އަދި ޝީޓްޕައިލްކުރުމުގެ މަސައްކަތްގެ ބޮޑު ބައެއްވެސް ވަނީ ނިމިފަ އެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ. 

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު