ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

އާ ޓާމިނަލްގެ "ކޮވެލި" ލައުންޖް ހުޅުވައިފި

19 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖް ހުޅުވައިފި އެވެ.

ޓާމިނަލްގެ 1 ގެ "ކޮވެލި" ލޯންޖް އިއްޔެ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލައްމާނާއި މުޖްތަބާ ލަތީފް އަދި އެ ކުންފުނިން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 

ދުއިސައްތަ ހަތްދިހަ މީހުންގެ ޖާގައިގެ މި ލޯންޖުގައި އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. ވީއައިއޭ ބޭނުންކުރާ ބިޒިނަސް ކްލާސް ޕަސިންޖަރުންނަށް އެންމެ ހިތްހަމަޖެހޭ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ 1230 އަކަ މީޓަރުގެ މި ލައުންޖުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ޚާއްސަ ކޮޓަރިތައް ވަނީ ހަދައިފަ އެވެ. އަދި  ކުޑަކުދިން ކުޅޭނެ ޖާގައަކާއި ކެއިންބުއިމުގެ ޚިދުމަތް ދިނުމުގެ އިތުރުން ފެންވެރޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ފޮތް ކިޔުމަށް ޚާއްސަ ޖާގަ ވެސް ވަނީ ތަނަވަސްކޮށްދީފަ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ އާ ޓާމިނަލްގެ އާ ލައުންޖަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އާ ދިރުމެއް ގެނެސް، އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަ ލައުންޖެއް ހުޅުވުމަކީ ރާއްޖޭގެ އިގްތިސާދަށް، ޚާއްސަކޮށް ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ވީއައިއޭގެ އާ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ހުޅުއްވައިދެއްވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު