ENGLISH

16 މާރިޗު 2026

Advertisement

ރ.ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

16 މާރިޗު 2026

|

ފާތުމަތު އަދާ

ރ.ދުވާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު /ފޮޓޯ:އެމްޓިސީސި

ރ. ދުވާފަރުގައި އިމާރަތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަނުގެ މަސައްކަތްތަކާއި އިމާރާތުގެ ފާރުގެ މަސައްކަތް ކަމަށެވެ.

މިއީ 360 ދުވަސްތެރޭ ނިންމާގޮތަށް 36.03 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އޮފީސް އިމާރާތެއް ހެދުމާއި، ވަށާފަރު ރޭނުމާއި، ޤައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި ގަރާޖެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒްގެ ދެކަނބަލުން މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ސަރުކާރުން މިހާތަނަށް ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފައެވެ. މިހާރު ކުރިއަށްދަނީ އެ ރަށްރަށުގައި ޚިދުމަތް ދިނުމަށް އިމާރާތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. 

ކިޔުންތެރިންގެ ހިޔާލު