ENGLISH
12 ޖޫން 2026
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި
12 ޖޫން 2026
|
ރަސްފަންނު ސަރަހައްދު. ފޮޓޯ؛ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ.
އެންމެ މަޤްބޫލު
މަރާމާތުގެ މަސައްކަތްތަކަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.
މަރާމަތުގެ މަސައްކަތް ކުރުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ރަސްފަންނު ބަންދުކުރީ މިދިޔަ އެޕްރީލްމަހުގެ ތެރޭގައެވެ.
ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއިންނެވެ.
މި މަޝްރޫއުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ގާއިމްކުރުމާއި، މޫދަށް އެރޭ ސަރަހައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު މާލޭގެ ރައްޔިތުންގެ ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް 2016 ވަނަ އަހަރު ތަރައްގީކޮށް ހުޅުވި ތަނެކެވެ.
ރަސްފަންނު ސަރަހައްދު ވަރަށް ރަނގަޅަށް ތަރައްގީ ކުރިނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ސަރަހައްދު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައެއް ނުވެއެވެ. އެހެންކަމުން ދޭތެރެދޭތެރެއިން އެ ސަރަހައްދު ބަންދުކޮށް މަރާމާތުގެ މަސައްކަތް ކުރަންޖެހެއެވެ.