ENGLISH

12 ޖޫން 2026

Advertisement

އެފޯޑަބަލް ހައުސިން ޔުނިޓްގެ އިތުރު މަޝްރޫއެއް ކުރިއަށް ގެންދަނީ

12 ޖޫން 2026

|

އައިމިނަތު ޝަފާ

ވިނަރެސް ފްލެޓްތައް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އަގުހެޔޮ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" މެދުވެރިކޮށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 3,260 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. 

މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށްވީ ހިނދު އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާތަކުން އެ ކުންފުނީގެ މާލީ ގާބިލުކަން ހުރި މިންވަރަށް ބަލައި، މިފަދަ އިތުރު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތުމުން، އެކަމަށް ބޭނުންވާ އިތުރު ބިންތައް އެ ކުންފުންޏާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"މި މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި. އަޅުގަނޑުމެންނަށް އިތުރުރަށް ފާހަގަވިކަމަކީ ބީއެމްއެލްއާއެކު ކުރެވުނު މަޝްވަރާގައި ފައިނޭންޝަލް ކެޕޭސިޓީ ހުރި މިންވަރަށް ބަލާފައި އިތުރު ހައުސިނގ މަޝްރޫޢެއް ހިންގިދާނެތީ އިތުރު ބިންތަކެއް ބީއެމްއެލް އާއި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" ނާޒިމް ވިދާޅުވިއެވެ.

ބީއެމްއެލްއާ ހަވާލުކޮށްގެން މިކުރާ މަސައްކަތުގެ ޖުމްލަ އަމާޒަކީ 4000 ހައުސިން ޔުނިޓް މި ސަރަހައްދުގައި ގާއިމްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވަނީ މިސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި ދައުރު ނިމުމުގެ ކުރިން ވަދެވޭނެކަމުގެ ޔަގީންކަންވެސް ދެއްްވާފައެެވެ. 

ކިޔުންތެރިންގެ ހިޔާލު