ENGLISH
16 މާރިޗު 2026
މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިލާ ބުރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
16 މާރިޗު 2026
|
މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވައިވޭ ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ
އެންމެ މަޤްބޫލު
ކ. މާފުށްޓާއި އެރަށު ހިއްކި ސަރަޙައްދު ގުޅުވައިދޭ ބުރިޖު މަޝްރޫޢު ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ އެލް ބްލޮކް ޖެހުމުގެ މަސައްކަތެވެ. މަސައްކަތުގެ 29 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއަކީ 35.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މާފުއްޓާއި އެރަށުގެ ހިއްކާފައިވާ ސަރަހައްދު ގުޅުވާލުމަށް 137 މީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
މާފުށީގައި ކުރިއަށް ގެންދާ މަޝްރޫޢަކީ އެ ރަށުގެ ދަތުރުފަތުރާއި މުދާ އުފުލުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްރޫޢު ނިމުމުން، އަލަށް ހިއްކި ސަރަހައްދުން ބޯހިޔާވަހިކަމާއި ވިޔަފާރިތަކަށް ބިން ދޫކުރެވި، ރަށުގެ އިޤްތިސާދީ ދުވެލި ހަލުއި ވާނެ އެވެ. އަދި ބްރިޖާއެކު އުމްރާނީ ތަރައްޤީއަށް މަގުފަހިވެ، މާފުށީގެ ފަތުރުވެރިކަމުގެ ވިޔަފާރި މިހާރަށްވުރެ ފުޅާވެގެންދާނެ ކަމަށް ވެސް ސަރުކާރުން ފާހަގަކުރެ އެވެ.