ENGLISH

16 މާރިޗު 2026

Advertisement

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރަން ހަވާލުކޮށްފި

16 މާރިޗު 2026

|

އަޙުމަދު ޙަމީދު

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރަން ހަވާލުކުރުން --

ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑުން ބުނީ  ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރަން ހަވާލުކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއި ކަމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްްޤީ ކުރާނެ އެވެ.

މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އަދި ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އުލިގަމަކީ ރާއްޖެ އަންނަ ޔޮޓްތަކުގެ އެންމެ މަޤްބޫލު މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު