ENGLISH

19 ސެޕްޓެމްބަރު 2025

Advertisement

ދެވަނަ އިޢުލާނާއެކު ޝަހީބް ފުލުހަށް ހާޒިރުވެއްޖެ

18 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ)

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ މީހާ މިރޭ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.

ފުލުހުން ވަނީ ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) ހޯދަން ދެ ފަހަރެއްގެ މަތީން އިއުލާނު ކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ އެ މީހާ ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ.  އަދި މިހާރު އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ.

ޝަހީބަކީ 2020 ވަނަ އަހަރު ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު