ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ކުޅުދުއްފުށީގައި ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް ބޭއްވޭކަމީ ރާއްޖެއަށް ލިބުނު ފަހުރެއް: ރައީސް

18 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ކޮމަންވެލްތުގެ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގެ ކުޅުދުއްފުށީ ސިޓީގައި ބޭއްވޭކަމީ ރާއްޖެއަށް ލިބުނު ވަރށް ބޮޑު ފަހުރެއް އަދި ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ކުޅުދުއްފުށީ ސިޓީގައި މިއަދު އެ މުބާރާތް ފެށުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި މުބާރާތް ރާއްޖޭގައި ބޭއްވޭކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ކުޅިވަރުގެ ދަނޑުތަކުގައި  ދަނޑުތަކުގައި 

އޭގެ އިތުރަށް ރައީސްވަނީ މި މުބާރާތުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ޓީމުތަކަށާއި، އެ ޓީމުތަކަށް ތާއީދުކުރުމަށާއި މުބާރާތް ބަލައިލުމަށް އެކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ހުރިހާ މެހެމާނުންނަށް މަރުހަބާ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވި ގޮތުގައި ކޮމަންވެލްތް ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ރައްޔިތުން ކުޅިވަރަށް ކުރާ ލޯތްބާއި ރާއްޖޭގެ ރީތިކަން ދުނިޔޭގެ އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުކޮށް ދައްކައިދިނުމަށް ފަހިވި ރަނުގެ ފުރުސަތެއް ކަމުގައެވެ. 

އޭގެ އިތުރަށް އަމާން ސުލްހަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބައެއްގެ ޝައުގާއި ތާރީފު މި މުބާރާތުގެ ސަބަބުން ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅާުވިއެވެ. 

ރައީސްގެ ޕޯސްޓު ނިންމަވައިލެއްވީ މި މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމުތަކެއްގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެނިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާކަން ހާމަކުރެއްވުމާއެކު، މި މުބާރާތުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ފަހުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު