ENGLISH
02 ފެބްރުއަރީ 2026
މީޑިއާ ބިލުން ހަޤީޤީ ނޫސްވެރިކަމެއް ކުރުމަށް ކުޑަކޮށްވެސް ޖާގަ ހަނިނުވާނެ: މެންބަރު މަމްދޫހް
18 ސެޕްޓެމްބަރު 2025
|
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ފޮޓޯ: އެމްއެމްޓީވީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާއިއެކު މިނިވަން، ހަޤީޤީ ނޫސްވެރިކަމަށް، އަދި ތެދު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް، ކުޑަކޮށްވެސް، ޖާގަ ހަނިނުވާނެ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ފާސްކުރި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ތަސްދީޤު ކުރައްވާފަ އެވެ. މަމްދޫހް ސިިފަ ކުރެއްވި ގޮތުގައި މި ޤާނޫނާއެކު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއަށް ދޭންޖެހޭ، ހަޤީޤީ ބާރުވެރިކަމާއި މިނިވަންކަން، ލިބިދެވި، ކުރީން، ރައްކާތެރިކަމާއި ބާރުވެރިކަން ނުދެވި އޮތް، 33 ވަނަ މާއްދާއަށް، ފުރިހަމަ ބާރުވެރިކަން ލިބިދެވުނީ އެވެ.
މަމްދޫހް އެ ފާހަގަ ކުރައްވަނީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަަށަވަރުކޮށްދޭ ދެ މާއްދާ އެވެ.
އެ ދެ މާއްދާގައި މަމްދޫޙްގެ ޕޯސްޓްގައި ހިމަނުއްވާފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީޑިއާ ބިލުގެ ސަބަބުން، މިނިވަން، ހަޤީޤީ ނޫސްވެރިކަމަށް، އަދި ތެދު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް، ކުޑަކޮށްވެސް، ޖާގަ ހަނިނުވާނެ އެވެ.
އަދި ވިދާޅުވީ ތަފާތު ސިޔާސީ އަދި ޒާތީ ބޭނުންތަކަށް، އެކެއް އަނެކެއްގެ އަބުރު، ދޮގު ޚަބަރުތަކުން، ކަތިލައިލާ، އަނެކާގެ އަގާއި ނަފްސުގެ ހުރުމަތް، ވެއްޔާ މޮޑެލުމަށް ކުރީން އޮތް، ޖާގަތައް، މިޤާނޫނާއިއެކު އެއްކޮށް ބަންދުވެގެން ދާނެ ކަމަށެވެ.
“މިއީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ ދީނީ އަދި އިންސާނީ ހައްގެއް،” މަމްދޫޙް ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމްދީނުގެ އަސާސްތަކާއި ހަމަތަކާއި އިންތަކުގެ ތެރެއިން، ޚިޔާލުފާޅުކޮށް، ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، އަބުރު ރައްކާތެރިކޮށް، އަބުރުވެރި ދިރިއުޅުމެއް އުޅުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭންޖެހޭ ކަންކަން ކަމުގައި ވިދާޅުވި އެވެ.