ENGLISH
26 ނޮވެމްބަރު 2024
ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ބެލެހެއްޓުމަށް އާ ނިޒާމެއް ތަޢާރަފްކުރުމަށް ސޮއިކޮށްފި
25 ނޮވެމްބަރު 2024
|
އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: ސަރުކާރު
އެންމެ މަޤްބޫލު
ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ބެލެހެއްޓުމަށް އާ ނިޒާމެއް ތަޢާރަފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށައިފިއެވެ.
މި ނިޒާމަކީ އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އީ.އެމް.އައި.އެސް) ގެ ނަމުގައި ތަޢާރަފުކުރާ ނިޒާމެކެވެ.
މިއީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ)ގެ މަލްޓިޕްލަޔަރ ގްރާންޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އާ ނިޒާމުގެ ސަބަބުން ތަޢުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ވެސް، ގަރީނާއަށް ރިއާޔަތްކޮށްގެން ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މީގެ ސަބަބުން ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ރޭވުންތެރިކަމާއި، މާލިއްޔަތު ބެލެހެއްޓުމާއި، މޮނިޓަރކޮށް ވިލަރެސްކުރެވޭނެ ގޮތްތައް ކަނޑައެޅުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.