ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025: ރާއްޖޭގެ ކުޅުންތެރިންނަށް ބޮޑު ކާމިޔާބީއެއް

07 ސެޕްޓެމްބަރު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުން ފަޚުރުވެރި ރަންވަނަތައް ހާސިލްކުރި ރާއްޖޭގެ ބައެއް ކުޅުންތެރިން. ފޮޓޯ: ރައީސް އޮފީސް

"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރި އެކި އުމުރުފުރާގެ 13 އިވެންޓަކުން ރަން މެޑެލް ހޯދައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނި އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތް އިންތިޒާމުކުރި ދަ ބެޑްމިންޓަން ކްލަބްގެ ރައީސް، އަދި ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް އެވެ.

މި މަހުގެ 1 އިން 6 އަށް ބޭއްވި މުބާރާތުގައި އެކި އުމުރުފުރާތަކަށް ޚާއްޞަ އިވެންޓްތަކުގެ އިތުރުން އޯޕަން ޑްރޯގެ އަންހެން އަދި ފިރިހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓުން ވެސް ރާއްޖޭގެ ކުޅުންތެރިން ރަން މެޑެލް ހޯދިއެވެ.

އެގޮތުން، މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ 9، 11، 15، 17، އާއި 19 އަހަރުން ދަށުގެ އިތުރުން ފިރިހެން ސިންގަލްސް 9 އަހަރުން ދަށާއި، އަންހެން ޑަބަލްސް 11، 15، 17 އާއި 19 އަހަރުން ދަށާއި، ފިރިހެން ޑަބަލްސްގެ 11، 13 އަދި 15 އަހަރުން ދަށުގެ އުމުރުފުރާއިން ރާއްޖޭގެ ކުޅުންތެރިން ވަނީ ރަން މެޑެލް ހޯދައިފައެވެ.

މީގެއިތުރުން، މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ އުމުރުފުރާތަކަށް ޚާއްޞަކޮށް ކުރިއަށްގެންދިޔަ 19 އިވެންޓަކުން ރިހި މެޑެލް ހާސިލްކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗުތަކަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ބެޑްމިންޓަން މުބާރާތަކީ ޖޫނިއާ ކުޅުންތެރިންނަށް ޚާއްޞަކޮށް ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. ދަ ބެޑްމިންޓަން ކްލަބުގެ ފަރާތުން ބޭއްވި މި މުބާރާތުގައި 8 ޤައުމަކުން 347 އެއްހާ އެތުލީޓުން ވާދަކޮށް، ގާތްގަނޑަކަށް 750 މެޗު ވަނީ ކުޅެފައެވެ. މި މުބާރާތުގައި ކުޅެފައިވަނީ ޕެރަލިމްޕިކްސް، ސްޕެޝަލް އޮލިމްޕިކްސް އާއި އޯޕަން ކެޓަގަރީގެ އިތުރުން 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:

ސްޕެޝަލް އޮލިމްޕިކްސް އަންހެން ސިންގަލްސް ޗެމްޕިއަން: އައިޝަތު ފައުޒާ އިބްރާހިމް

ސްޕެޝަލް އޮލިމްޕިކްސް ފިރިހެން ސިންގަލްސް ޗެމްޕިއަން: އިބްރާހިމް ރަބީތު

ޕެރަލިމްޕިކްސް ފިރިހެން ސިންގަލްސް ޗެމްޕިއަން: މުޙައްމަދު އަލީ

9 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: މަރިޔަމް މިއާ މަމްދޫން (ރާއްޖެ)

9 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: ލައިސް ބިން ހާމިދު (ރާއްޖެ)

11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: އަދިތުޔާރާޖު ޖާވިރު (އިންޑިއާ)

11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: މީފާ ބިންތި މޫސާ (ރާއްޖެ)

11 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން: އައިޝާ ހާޖަރް ހާނިސް މޫސާ (ރާއްޖެ)، މީފާ ބިންތި މޫސާ (ރާއްޖެ)

11 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: ޔޫސުފް އަލަފް (ރާއްޖެ)، ތިލާލް އިބްރާހިމް ވަހީދު (ރާއްޖެ)

13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: ވިހާން ދޭޝްމުކް (އިންޑިއާ)

13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: ރިސިންދީ އަމުގޮޑާ އަރާޗީ (ސްރީ ލަންކާ)

13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: ޒައުލް ބިން އަހުމަދު މުމްތާޒް (ރާއްޖެ)، މިރުސާލް ހުސައިން މިރުޒާ (ރާއްޖެ)

13 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން: ރިސިންދީ އަމުގޮޑާ އަރާޗީ (ސްރީ ލަންކާ)، އައިޝަތު އަލާޔާ ނަދީމް (ރާއްޖެ)

15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: ވަރްޝިލް ޕަޓޭލް (އިންޑިއާ)

15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: ޔަލްވީ ހުސައިން ޒުހުރީ (ރާއްޖެ)

15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: އިޔާން އަހުމަދު މަމްދޫހު (ރާއްޖެ)، އަޔާން އަހުމަދު ނަދީމް (ރާއްޖެ)

15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން: ލައިބާ އަހުމަދު މަހުލޫފް (ރާއްޖެ)، ޔަލްވީ ހުސައިން ޒުހުރީ (ރާއްޖެ)

17 އަހަރުން ދަށުގެ ފިރހެން ސިންގަލްސް ޗެމްޕިއަން: އަނަންޔާ ދޭޝްމުކް (އިންޑިއާ)

17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: ކިޔާން އާދިލް މުޙައްމަދު (ރާއްޖެ)

17 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން: އައިޝަތު ޔޫހާ އަހުމަދު (ރާއްޖެ)، އާމިނަތު އަމްނާ އަލީ އާމިރު (ރާއްޖެ)

17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: އަނަންޔާ ދޭޝްމުކް (އިންޑިއާ)، ޝޯރްޔާ މަހަޕަންކަރް (އިންޑިއާ)

19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: މުކޭޝް ޔަދަވާ (އިންޑިއާ)

19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަން: އައިޝަތު ޒޯޔާ ހުސައިން (ރާއްޖެ)

19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: ތަންމޭ ބަގަތު (އިންޑިއާ)، މުކޭޝް ޔަދަވާ (އިންޑިއާ)

19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަން: އައިޝަތު ޔަސްނާ އަތޫފް (ރާއްޖެ)، އައިޝަތު ޒޯޔާ ހުސައިން (ރާއްޖެ)

އޯޕަން ބައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަން: ނިބާލް އަހުމަދު (ރާއްޖެ)

އޯޕަން ބައިގެ އަންހެން ސިންގަލްސް ޗެމްޕިއަން: އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު (ރާއްޖެ)

އޯޕަން ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަން: އަހުމަދު ތޯއިފް މުޙައްމަދު (ރާއްޖެ)، ރިއާޒް މުޙައްމަދު (ބަންގްލަދޭޝް)

އޯޕަން ބައިގެ އަންހެން ޑަބަލްސް ޗެމްޕިއަން: އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު (ރާއްޖެ)، ނަބާހާ ޢަބްދުއްރައްޒާޤު (ރާއްޖެ)

ކިޔުންތެރިންގެ ހިޔާލު