ENGLISH
08 ސެޕްޓެމްބަރު 2025
ގެދޮރުވެރިޔާ ސްކީމް: 3000 އަށްވުރެ ގިނަ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފި
07 ސެޕްޓެމްބަރު 2025
|
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅާފައިވާ ފްލެޓްތަކެއް
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 3000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން މިރޭ ބުނީ މިހާތަަނަށް 3000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށާ މިއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާތަނަށް 3،402 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައިވެއެވެ. އެގޮތުން 3088 މީހަކަށް އެއްބަސްވުންތަކުގައި ސޮއިކުރަން ވަނީ ތާވަލުކޮށްފަ އެވެ. މިހާތަނަށް ސޮއިކުރެވިފައި ވަނީ 3032 އެއްބަސްވުމުގަ އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ޤާއިމުކޮށްފައިވާ ކައުންޓަރުތަކުންނެވެ.
މީގެއިތުރުން އެފްޑީސީއިންވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކުރުމަށް ފްލެޓް ލިބޭ ފަރާތްތަކުކަށް އިލްތިމާސްކޮށްފައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ނިންމާފައިވާ ގޮތުގައި، 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް އިސްކަންދީ، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރެވޭނެ އެވެ. އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރެވޭނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
އެފްޑީސީން ބުނީ އަމާޒަކީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ޔުނިޓުތައް ޙަވާލުކުރުން ކަމަށެވެ. ފްލެޓްތަކަށް މީހުން ބަދަލުވުމުގެ އެ ސަރަޙައްދުގައި ކުރަންޖެހޭ އަސާސީ މުހިއްމު ކަންކަން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.