ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ވަކިކުރަނީ

06 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މަަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

މަސްތުވާތަކެއްޗާއެކު ފުލުހަކާ ކުރީގެ ނޫސްވެރިއަކު ހައްޔަރު ކުރީ ޖުލައި 19 ވަނަ ދުވަހު އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) އެވެ. އެދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އަދި މި މައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާ ހުރީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލަ ބެލުމަށް ފަހު ޝިޔާޒާ ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ސައިފު އަކީ ކުރީގެ ނޫސްވެރި އެކެވެ. 

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކަމަށެވެ. އަދި އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފަ އެވެ.

އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ. 

އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު