ENGLISH

26 ނޮވެމްބަރު 2024

ތައިލެންޑުގެ ސަފީރުކަމަށް ފުއާދު ތައުފީގު އައްޔަން ކުރައްވަން މަޖިލީހަށް

25 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގު. --ފޮޓޯ ތިލަދުން

ދިވެހި ރާއްޖޭން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ފޮރިން ސާވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.

ފުއާދުގެ އިލެކްޝަންސް ކޮމިޝަނުގެ ކެރިއަރަށް ބަލާއިރު، އެންމެ ފުރަތަމަ އެ ކޮމިޝަނާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. އޭގެ އަހަރެއް ފަހުން، 2009 ވަނަ އަހަރު، ފުވާދު ވަނީ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކޮށްފައެވެ. އަދި 2014 ވަނަ އަހަރުގެ މާރޗު މަހާ ހަމައަށް އެ މަޤާމުގައި ހުންނެވުމަށްފަހު، ފުވާދު ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގަތެވެ.

ފުވާދު ތައުފީގު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައެވެ.  

ކިޔުންތެރިންގެ ހިޔާލު