ENGLISH

26 ނޮވެމްބަރު 2024

މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭ އެއްކަންތައް: ރައީސް މުޢިއްޒު

25 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަކީ އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަލާމަތީ ޚިދުމަތްތަކުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ސަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް ވަނީ ފުލުހުން ބުނެފައެވެ.

މިދިޔަ އެއް އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަންތަކުގައި 12,561 މީހުން ބަލައި ފާސްކޮށް، 1,009 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު