ENGLISH

02 އޯގަސްޓު 2025

Advertisement

ރައީސްގެ އެންގެވުން ތަންފީޒުކުރުން: ބޭސްފަރުވާއަށް ބޭރަށް ކުރާ ދަތުރުތަކަށް ވިއްކާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފި

01 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ބީއެލްެއެމްގެ ބްރާންޗެއް --

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރަން ފަށައިފި އެވެ.

ޖުލައި މަހުގެ 21 ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަަން އިއުލާނު ކުރައްވާފަ އެވެ.

އެގޮތުން މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގަވާފައިވާ ކަމަށެވެ.

އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށް އެ ދުވަހު ރައީސް އިއުލާނު ކުރެއްވި އެވެ.

ބެންކު އޮފް މޯލްޑިވްސް އިން މިއަދު ބުނީ މިއަދުން ފެށިގެން އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އާސަންދަ ހަމަޖެހޭ ބަލި މީހުންނަށް 2000 ޑޮލަރު އެންސްޕާގެ އެހީ ލިބޭ ބަލި މީހުންނަށް 2000 ޑޮލަރާއި ހަމައަށް އެންސްޕާއިން ކަނޑައަޅާ އަދަދެއް ވިއްކާނެ ކަމަށެވެ.

އަދި އާސަންދައާ އެންސްޕާ ނުލިބޭ ބަލި މީހުންނަށް 1,000 ޑޮލަރު ވިއްކާނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭރު ފައިސާގެ ސިޔާސަތަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފަ އެވެ. އަދި ޑޮލަރު ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް މުހިންމު ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ.

މަރުކަޒީ ބެންކުން ބެންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކޮށް ޑޮލަރު ލިބުމަށް އޮތް ދަތިކަން ދަނީ ކުޑަ ކުރައްވަމުންނެވެ. އަދި މުހިންމު ބޭނުންތަކަށް ބޭރަށް ދާ ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު