ENGLISH
20 ޖޫން 2026
ހައި ޖަމްޕުގެ ޤައުމީ ރިކޯޑު ނާއިކް އައުކޮށްފި
20 ޖޫން 2026
|
ޤައުމީ އެތުލެޓިކްސް މުބާރާތުގައި ޔޫސުފް ނާއިކް ވަޖީހު ހައި ޖަމްޕް އިވެންޓުގެ ތެރެއިން --- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ 35 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ ޔޫސުފް ނާއިކް ވަޖީހު، ހައި ޖަމްޕުގެ ޤައުމީ ރިކޯޑު އައުކޮށްފިއެވެ.
މި ރިކޯޑު މީގެ ކުރިންވެސް އޮތީ ނާއިކުގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި 1.88 މީޓަރަށް ފުންމައިގެންނެވެ. އެކަމަކު މި އަހަރުގެ ޤައުމީ މުބާރާތުގައި މިއަދު ނާއިކު އެ ރިކޯޑު އައުކުރީ 1.91 އުހަށް ފުންމައިގެންނެވެ.
މިދިޔަ އަހަރު ނާއިކު މި ރިކޯޑު މުގުރާލުމުގެ ކުރިން މި ރިކޯޑު އޮންނަނީ އަޙްމަދު ޒަބީރުގެ އަތުގައެވެ. އޭނާ މި ރިކޯޑު ގާއިމުކޮށްފައިވަނީ 1.85 މީޓަރަށް ފުންމައިގެންނެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްދާ ޤައުމީ މުބާރާތުގައި ނާއިކު ޤައުމީ ރިކޯޑެއް އައުކުރިއިރު، މި މުބާރާތުގައި މިހާތަނަށް ޤައުމީ ދެ ރިކޯޑެއް ވަނީ އައުކޮށްފައެވެ. އެގޮތުން މީގެ ކުރިން ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު ވަނީ ޝޮޓް ޕުޓް އުކުމުގެ ޤައުމީ ރިކޯޑުވެސް އައުކޮށްފައެވެ.
މިފަހަރުގެ މުބާރާތުގައި 153 އެތުލީޓުން ވާދަކުރާއިރު، އެއީ ޖުމްލަ 19 ކުލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ.