ENGLISH

05 ނޮވެމްބަރު 2025

Advertisement

އަސްކޮއި ގްރޫޕުގެ އުމްރާ ހުއްދަ ބާތިލުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅައިފި

31 ޖުލައި 2025

|

ޢަލީ ޝަހީމް

ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އުމްރާއަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕުގެ ހުއްދަ ބާތިލްކޮށް އިތުރު ހަރުކަށި އަދަބުތަކެއް ދީފި އެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ބުނީ އުމްރާއަށް ގެންދާނެކަމަށް ބުނެ، ފައިސާ ނެގުމަށްފަހު އަސްކޮއި ޓްރެވެލް ސަރވިސްއިން އުމްރާއަށް ނުގެންދިޔަ މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އަސްކޮއި ގްރޫޕަށް ފައިސާ ދެއްކި މީހުން އުމްރާއަށް ފުރާގޮތަށް އޮތީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަމަކު އެދުވަހުގެ ކުރިން އަސްކޮއި ގްރޫޕުން ވަނީ ވަނީ ސައުދީއަށް މިވަގުތު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައެވެ.

އަސްކޮއި ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް އެ ގްރޫޕުން ފޮނުވި މެސެޖުގައި ބުނީ ދަތުރުކުރުން ރައްކާތެރި ނޫނީ ގަލްފު ސަރަހައްދުގެ ގައުމުތަކުގައި ހަމަނުޖެހުން އުފެދިފައިވާތީ ކަމަށެވެ. އެކަމަކު އެފަދަ ނުރައްކާތެރި ޙާލަތެއްގައި ސައުދީއަށް ނުދެވޭނެ އެއްވެސް ސަބަބެއް މިދުވަސްވަރު ނެތެވެ.  

އުސޫލާ ޚިލާފަށް އުމްރާއަށް މީހުން ގެންދަން މަސައްކަތްކޮށްފައިވާތީ އަސްކޮއި ގްރޫޕަށް އެޅި އެންމެ ބޮޑު ފިޔަވަޅަކީ އެ ގްރޫޕުގެ ހުއްދަ ބާތިލްކުރުމެވެ. އިތުރު ހަރުކަށި އަބަދުތަކުގެ ތެރޭގައި ހިމެނެނީ، ޖޫރިމަނާ ކުރުމާއި، ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމުގެ އިތުރުން، އުމްރާ ދަތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ދިނުމަށް އެންގުން އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމެވެ. 

އަސްކޮއި ޓްރެވެލް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ވެރިންގެ ގޮތުގައި ތިބީ އަބްދުﷲ ރަޝީދު އާއި އަހުމަދު ސަނިލް އެވެ. 

އަސްކޮއި ގްރޫޕުގެ މައްސަލަ މީގެކުރިން ވެސް ހުށަހެޅުނެވެ. އޭގެފަހުން އަސްކޮއި ގްރޫޕުގެ މައްސަލަ ފެންމަތިވީ 28 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ ހިސާބުންނެވެ. އެމީހުން އަތުން 714،000 ރުފިޔާ އަސްކޮއި ގްރޫޕުން ވަނީ ނަގައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު