ENGLISH

05 ނޮވެމްބަރު 2025

Advertisement

މޫސުން އަދިވެސް ރަނގަޅެއް ނުވޭ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

31 ޖުލައި 2025

|

ޢަލީ ޝަހީމް

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މިދުވަސްވަރު، މިއަދު ވެސް މޫސުން ގޯސް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އާއްމުކުރި މައުލޫމާތުގައި ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މިއަދުވެސް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

މޫސުން ގޯސްވުމާއެކު، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރުނީ މިއަދު 11:30 އިން ހަވިރު 5:30 ގެ ނިޔަލަށެވެ. 

މޫސުން ގޯސްވެފައިވާތީ، ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ މީގެ ދެ ދުވަސް ކުރިން އިލްތިމާސްކޮށްފައެވެ. 

މޫސުން ބޮޑަށް ގޯސްވުމާއެކު، އެމްއެންޑީއެފުން މިދިޔަ އަންގާރަ ދުވަހު ބުނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށެވެ. އަދި، މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުރުތައް ފަސްކޮށްލުމަށް އެމްއެންޑީއެފުން އެދުވަހު އިލްތިމާސްކުރިއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވަނީ އުދަވެސް އަރައިފައެވެ. އަދި، ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިގެން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު