ENGLISH

01 އޯގަސްޓު 2025

Advertisement

ދެއްވަދޫ ރައްޔިތުން އެދުނުގޮތަށް ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

31 ޖުލައި 2025

|

އުމްނާ އިސްމާޢީލް

ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުން. ފޮޓޯ: އެމްޓީސީސީ

ގއ. ދެއްވަދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންްޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ދެއްވަދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.

630 ދުވަސް ތެރޭގައި ނިންމާ ގޮތަށް 103 މިލިއަން ރުފިޔާއަށް އަށް އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން 59،473 ކޮޑި މީޓަރު ވެލި ބަނދަރު ފުންކޮށްގެން ނަގައި 1،199 ކޮޑި މީޓަރު ވެލި ނެރު ފުންކޮށްނަގާނެ އެވެ. މި މަޝްރޫއުގެ ދަށުން 44،839 އަކަ މީޓަރު ސަރަހައްދެއްގެ ބިން ހިއްކައި 407 މީޓަރުގެ އެއްގަމުތޮށި ޖަހައި އެއްގަމު ތޮށި ވަށައިގެން 5 މީޓަރު ފުޅާ ޕޭވްމަންޓް އަޅާނެ އެވެ. 35 ބަނދަރު ބައްތީގެ އިތުރުން 2 ނެރު ބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އާބާދީގައި 1400 މީހުން ދިރިއުޅޭ ދެއްވަދޫގައި މިހާރު އޮންނަ ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އެރަށު ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެރަށަކީ މަސްވެރިކަމުގައި ގިނަ ބަޔަކު ޝާމިލްވާ ރަށަކަށް ވާތީ، މަސްވެރިކަން ކުރާ 12 ދޯނި ދެއްވަދޫގައި އޮވެއެވެ. އެރަށު ކައުންސިލުން ބުނިގޮތުގައި، ކަނޑުމަހުގެ މަސްވެރިކަމަށް ބޭނުންކުރާ އެ ދޯނިތަކާއެކު، ބަނދަރުގެ ޖާގަ ކުޑަވެ، މަސްދޯނި ފަހަރާއި މުދާ އުފުލާ ބޯޓުތަކާއި، ލޯންޗުތަކާއި އަދި ޑިންގީތައް ބަނދަރުގައި އަޅާފައި ބޭއްވުމުން ބަނދަރު އޮންނަނީ އެއްކޮށް ފުރި، ތޮއްޖެހިފައެވެ. 

ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް އެރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު