ENGLISH
01 އޯގަސްޓު 2025
ކުޅުދުއްފުށި މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
31 ޖުލައި 2025
|
ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ތިންެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
ކުޅުދުއްފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުރީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ.
730 ދުވަސް ތެރޭގައި ނިންމާ ގޮތަށް 100.4 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން 3.4 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރެވޭނެ އެވެ. މީގެއިތުރުން، ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކޮށް ސިޓީގެ ނުހަދާހުރި ހުރިހާ މަގެއް ޑިޒައިން ކުރެވިގެންދާނެ އެވެ.
ސަރުކާރުން އަންނަނީ މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫޢޫތަކެއް ހިންގަމުންނެވެ. މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި ޙަވާލުކުރަމުން އަންނައިރު، އޭގެތެރެގައި އާރުޑީސީއިން ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.