ENGLISH
01 އޯގަސްޓު 2025
ޗައިނާއިން ގްލޯބަލް އާޓިފިޝަލް އިންޓެލިޖެންސް ގަވަރނަންސްގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފި
31 ޖުލައި 2025
|
ޝަންހާއީގައި ކުރިއަށްދާ 2025 ވަނަ އަހަރުގެ ވޯލްޑް އޭއައި ކޮންފަރެންސްގައި ޗައިނާއިން ގްލޯބަލް އޭއައި ގަވަރނަންސް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.
ޖުމްލަ 30 ގައުމަކުން 1،200 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި މި ކޮންފަރެންސަކީ، ޖުލައި 26 އިން 28 އަށް ޝަންހާއީގައި ކުރިޔަށްގެންދިޔަ ކޮންފެރެންސްއެކެވެ.
"ގްލޯބަލް ސޮލިޑަރިޓީ އިން ދަ އޭއައި އެރާ" މި ޝިއާރުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ޕްލޭންގައި ވަނީ އޭއައި ތަރައްގީކޮށް ޒިންމާދާރުކަމާއެކު ހިންގުމަށް ސަރުކާރުތަކާއި، ޖަމިއްޔާތަކާއި، ވިޔަފާރިތަކާއި އަދި ތައުލީމީ މުއައްސަސާތަކުގެ މެދުގައި ބައިނަލްއަގުވާމީ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.
އެގޮތުން އިންސާފުވެރިކަމާއި، އެންމެން ބައިވެރިކުރުވުމާއި، ސަލާމަތާއި ރައްކާތެރިކަން އަދި ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން ފަދަ އުޞޫލުތަކަށް ބާރުއަޅާކަން ހާމަކޮށްފައިވެއެވެ.
ގްލޯބަލް އޭއައި ގަވަރނަންސް އެކްޝަން ޕްލޭންގެ މައިގަނޑު ބައިތަކަށް ބަލާއިރު، ކްރޮސް ބޯޑާ އޯޕަން ސޯސް ކޮމިއުނިޓީތައް ބިނާކުރުމާއި، ދެމެހެއްޓެނިވި "ގްރީން އޭއައި" ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުން އަދި ވަކިން ހާއްސަކޮށް ގްލޯބަލް ސައުތުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުން ހިމެނެއެވެ.
މީގެއިތުރުން، އދ، އައިޓީޔޫ، އައިއެސްއޯ އަދި އައިއީސީ ފަދަ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އޭއައި ބޭނުން ކުރުމުގައި އެތިކަލް އަދި ޓެކްނިކަލް ސްޓޭންޑަޑްތައް ތަރައްގީ ކުރުންވެސް ހިމެނެއެވެ.
މިއާއެކު، މި ޕްލޭންގައި ހަރުދަނާ ޕްރައިވެސީ ޕްރޮޓެކްޝަންތަކާއެކު ދުނިޔޭގެ ޑޭޓާ ޝެއާކުރުމުގެ މެކޭނިޒަމްތައް ޕްރޮމޯޓްކުރުމާއި، ސިއްހީ ދާއިރާ އާއި ތައުލީމު ފަދަ މުހިންމު ދާއިރާތަކުން އޭއައި އެޕްލިކޭޝަންތަށް ބޭނުންކުރުމަށް ބާރުއެޅުމާއި، އޭއައިގެ ނުރައްކާތައް މޮނިޓާކޮށް، ހަމަހަމަ ކަމާއެކު ކުރިއެރުން ކަށަވަރު ކުރުމަށް އޭއައި ޔޫޓިލައިޒް ކުރުމަށް ބައިނަލްއަގުވާމީ އިދާރާތައް އުފެއްދުމަށްވެސް ވަކާލާތުކޮށްފައިވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް އިން ބައިނަލްއަގްވާމީގޮތުން އެންމެނަށް ރައްކާތެރިގޮތުގައި ފައިދާވާ މުސްތަގުބަލެއް ބައްޓަން ކުރުމުގެ މުހިންމުކަންވެސް މި ޕްލޭންގައި ފާހަގަކޮށްފައިވެއެވެ.