ENGLISH
08 ނޮވެމްބަރު 2025
ޖަމްޢިއްޔަތުލް ފަލާހްގެ ކީރިތި ޤުރުއާން މުބާރާތް ފަށައިފި
08 ނޮވެމްބަރު 2025
|
ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން މުބާރާތުގެ ތެރެއިން. --
ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.
ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީ އަލްމަރްހޫމް އަބޫބަކުރު އިބްރާހިމްގެ ހަނދާނުގައި ބާއްވާ ތުއްތު ކުދިންގެ 23 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށާފައިވަނީ މިއަދު ހެނދުނު އެވެ.
މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލެ ހިމެނޭގޮތަށް ހުރިހާ ޕްރީސްކޫލް އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިއިރު، ކޮންމެ ސްކޫލަކަށް ދީފައިވަނީ ފަސް ޖާގައެވެ.
އެގޮތުން، މާލޭ ސަރަހައްދުގެ 15 ސްކޫލަކުން މުޅިއެކު 74 ދަރިވަރުން ވަނީ މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހިތުން ކިޔެވުމުގެ ބައި އެކަންޏެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ، ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުމެވެ.