ENGLISH

31 ޖުލައި 2025

Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅަނީ

30 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްޒު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރަން ނިންމައިފި އެވެ.

އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

‏އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް ވިދާޅުވި އެވެ.

މަަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެތަކެތި އެތެރެވުން ހުއްޓުވާ އޭގެ ވިޔަފާރީގައި އުޅޭ ބޮޑުން ދަނީ ހައްޔަރު ކުރަމުންނެވެ.

މިހާރު ޢަމަލުކުރަމުންދާ ގާނޫނުގެ ދަށުން، މަސްތުވާތަކެތި އެތެރެކުރާ މީހަކަށް ދެވެނީ އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ އަދަބެކެވެ.

ކިޔުންތެރިންގެ ހިޔާލު