ENGLISH

31 ޖުލައި 2025

Advertisement

ރައްޔިތުން ގުޅުމުން ޖަވާބު ދޭނެ ކަމަށް ވިދާޅުވެ އާޒިމް ދެއްކި ވާހަތަކަށް ނުރުހުން، ފޯނަކަށް ޖަވާބެއް ނުދޭ

30 ޖުލައި 2025

|

އަޙުމަދު ޙަމީދު

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ކަންބޮޑުވުންތައް ހިއްސާކުރުމަށް މާލޭގެ ރައްޔިތުންގެ ގުޅުމަށް އެދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ދެއްކި ވާހަތަކަށް ބައްދަލްވުމުގައި ބައިވެރިވި މާލޭގެ ބައެއް ރައްޔިތުން ނުރުހުމާއެކު ފާޑުކިޔައިފި އެވެ.

ރޭ އޮތް މާލެ ސިޓީގެ ރައްޔިތުންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އެކިއެކި ދަތިތައް ދިމާވާ މީހުންްނަށް މުޅި ކައުންސިލުން ބައްދަލުކޮށް އެހީތެރިވެ ދެމުންދާ ކަމަށާ މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ގުޅިގެން ވެސް ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ.

އެގޮތުން އިދާރީ ގޮތުންނާއި ގާނޫނީ އެހީތެރިކަން ވެސް ދޭނެ ކަަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އާޒިމް ވަނީ އޭނާގެ ފޯނު ނަންބަރު ވިދާޅުވެ ގުޅުމަށާއި މެސެޖު ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ކޯލެއް، މެސެޖެއް "ދޫކޮށް" ނުލާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ޚިޔާލުފާޅުކުރަން ދިން ފުރުސަތުގައި ބައެއް އާންމުންވަނީ ނުރުހުންތެރިކަމާއެކު އެ ވާހަކަތަކަށް ރައްދު ދީފަ އެވެ. އެކަކު ބުނީ ޖުލައި ހަތަރުވަނަ ދުވަހު އޭނާ ކުރި މެސެޖަށް އަދިވެސް އާޒިމް ޖަވާބު ނުދޭ ކަަަމަށެވެ. އާޒިމްއާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށާ ނަމަވެސް ބައްދަލުކޮށްލަން ވެސް ވަގުތެއް ނުދިން ކަމަށެވެ.

އެހެން މީހަކު ވަނީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް އެހީތެރިކަމެއް ނުލިބޭ ކަމަށް ބުނެފަ އެވެ. މޭޔަރަށް ގުޅައިގެންވެސް ފޯނު ނުނަގާ ކަމަށާ އާދައިގެ މީހަކު ގުޅުމުން ފޯނު ނުނަގާނެ ކަން އެނގޭ ކަމަށްވެސް އެ މީހާ ބުނެފައިވެ އެވެ. އަދި އާޒިމް ވެސް ޖަވާބު ދޭނީ ވަކި ފެންވަރެއްގެ މީހުންނަށް ކަމަށް ބުނެ އޭނާ ވަނީ އާޒިމްގެ ވާހަކަތަކަށް ރައްދު ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު