ENGLISH

31 ޖުލައި 2025

Advertisement

އާރުޑީސީގެ އެމްޑީގެ މަޤާމަށް އިބްރާހިމް ނަޘީމް އައްޔަނުކުރައްވައިފި

30 ޖުލައި 2025

|

އަޙުމަދު ޙަމީދު

މއ. އެލީޒިއަމް އިބްރާހިމް ނަޘީމް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މއ. އެލީޒިއަމް އިބްރާހިމް ނަޘީމް އައްޔަނުކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން މިރޭ ވަނީ އެކަން އިޢުލާނު ކުރައްވާފަ އެވެ. އެ ބޯޑުން ބުނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އިބްރާހިމް ނަޘީމް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ނަޘީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަަޤާމުގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ. އަދި ފަހުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުވެސް ފުރުއްވި އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު