ENGLISH

31 ޖުލައި 2025

Advertisement

އެޗްޑީސީގެ އެމްޑީގެ މަޤާމަށް ޒުހައިރު ހަމަޖައްސަވައިފި

30 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު --

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން ދެންމެ ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. އެ މަޤާމަށް ހަމަޖެއްސެވީ ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ކަމަށް ވަނީ ޢިއުލާނު ކުރައްވާފަ އެވެ.

ޒުހައިރު ކުރީން ހުންނެވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ގައި އެވެ. ސިފައިންގޭގައި 30 އަަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޒުހައިރު ވަނީ އާރުޑީސީގެ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެންނަވާފަ އެވެ.

ކޯސްޓްގާޑުގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަންގެ މަޤާމުވެސް ކުރީން ފުރުއްވާފައިވާ ޒުހައިރުގެ ކުރީން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޑރ. މައުރޫފް ޖަމީލް މިއަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެެވެ.

މައުރޫފް އެ މަޤާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވީ އެޗްޑީސީގެ ހިންގުމަށް މުހިންމު ބަދަލުތަކެއް ގެންނަވާ އެ ކުންފުންޏާއިމެދު ރައްޔިތުންގެ އިތުބާރު ބޮޑު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު