ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އެޗްޑީސީއަށް ކުރު މުއްދަތުގައި ހެޔޮ ބަދަލުތަކެއް ގެންނެވުމަށްފަހު މައުރޫފު އެމްޑީކަމުން ވަކިވެވަޑައިގެންފި

30 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މައުރޫފު ޖަމީލު، ފޮޓޯ: އަވަސް

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެން އެ ކުންފުނީގެ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްފަހު އެ މަގަމުން މައުރޫފު ޖަމީލު އިސްތިއުފާ ދެއްވައިފިއެވެ. 

ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމާއި، އެޗްޑީސީގެ ފުރަތަމަ އެމްޑީކަން ކުރެއްވި މައުރޫފު އެޗްޑީސީގެ އެމްޑީކަމަށް އަލުން ވަޑައިގަތީ އެ ކުންފުނީގެ ތެރޭގައި ކޮރަޮޕްޝަނުގެ އަމަލުތަކެއް ހިނގާކަމުގެ ތުހުމަތު އަމާޒުވެފައިވަނިކޮށް ކުންފުނީގެ ހިންގުން ހަމައަކަށް އެޅުއްވުމަށް މަގާމަށް ވަޑައިގަތުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުންނެވެ. 

އެ މަގާމަށް މައުރޫފު ހަމަޖެއްސެވުމަށްފަހު، މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ މައުރޫފަކީ ވަރަށް ތަޖުރިބާކާރު ގާބިލު ބޭފުޅެއްކަމަށާއި، އޭނާގެ ލީޑާޝިޕުގައި އެޗްޑީސީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމާމެދު ޝައްކެއް ނުކުރައްވާކަމަށާއި، މައުރޫފަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ. 

މައުރޫފު މަގާމުން ވަކިވެވަޑައިގަންނަވަން އުޅުއްވާ ވާހަކަތައް މީޑިޔާއަށް ތިލަވުމާ ގުޅިގެން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި މައުރޫފު ވިދާޅުވީ އޭނާ އެޗްޑީސީގެ އެމްޑީކަމާ ހަވާލުވެވަޑައިގަތީ ވަކި މުއްދަތަކަށް ކަމުގައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުންފުނީގެ ކަންކަން ހަމައަކަށް އަޅުވައި ހުޅުމާލޭ މާސްޓާަ ޕްލޭނުގެ މަސައްކަަތްތައް ފުރިހަމަަކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. 

އަދި ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވިއިރު ރައީސް ޑރ.މުއިއްޒުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންފައިވާކަމަށާއި، އެއްވެސް ކަމަކަށް އެދިވަޑައިގެންފިނަމަ އެކަމަކަށް ރައީސް މަގުފަހިކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މައުރޫފު މަގާމާ ހަވާލުވެވަަޑައިގަތުމަށްފަހު އެޗްޑީސީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކުރައްވައި ހިންގެވުން ރަނގަޅުކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އަދި ހުޅުމާލޭ މާސްޓާ ޕްލޭނުގެ މަސައްކަތް އަލުން ކުރައްވައި ނިންމެވުމާއެކު، ހުޅުމާލެއަށް މުހިއްމު ވަރަށް ގިނަ މަސައްކަތްތައް އެ ކުންފުނިންވަނީ ފަށާފައެވެ. 

ކިޔުންތެރިންގެ ހިޔާލު