ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މާވަށުގައި މަރައިލި ޒުވާނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަނީ

30 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މާވަށުގައި ހިނގި މާރާމާރީގައި މަރައިލި މޫސަ

ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އެ ރަށު 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފިއެވެ. 

މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި މޫސަގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ. ފުލުހުންވަނީ އެ މައްސަލާގައި މޫސައަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފައެވެ. 

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ހދ.ނޮޅިރަމް، އަސަރީމަންޒިލު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ. 

މޫސަގެ ހަށިގަނޑު ލ.ފޮނަދޫއަށް ގެންދިއުމަށްފަހު މާލެއަށް ގެނެސްފައިވެއެވެ ފުލުހުން ކުރިން ބުނެފައިވަނީ އޭނާގެ ހަށިގަނޑު މާލެއަށް ގެނައީ ތަހުލީލުތަކެއް ހެދުމަށް ކަމަށެވެ. އަދި މިއަދު ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސައަށް މުހައްމަދު އިބްރާހީމް ހަމަލާދިނީ މަސްތުވާތަަކެއްޗާ ގުޅިގެން ދެމީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއްގައެވެ. 

މި މައްސަލާގައި މުހައްމަދު އިބްރާހީމް ހައްޔަރުކުރުމަށްފަހު މޫސައަށް ހަމަަލާދިނުމަށް ބޭނުންކުރި ވަޅި މޫދަށް އެއްލާލާފައިވަނިކޮށް ފީނައިގެން ފުލުހުންވަނީ ހޯދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު