ENGLISH
10 ސެޕްޓެމްބަރު 2025
އެފްޑީސީ ފުލެޓުތަކުގައި ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކޮންޓްރެކްޓުނުކުރާކަމަށް އެމްޑީޕީން އެއްބަސްވެއްޖެ
30 ޖުލައި 2025
|
އެފްޑީސީ ފުލެޓުތައް ނިންމުގެ މަސައްކަަތުގެ ބޮޑު ބައެއް ފުރިހަމަކުރީ މި ވެރިކަމުގައި
އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 4،000 ހައުސިން ޔުނިޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި ނެތްކަަމަށް އެ ޕާޓީން އިއުތިރާފުވެއްޖެއެވެ.
ފާއިތުވި ސަރުކާރުގައި މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ފެށި ނަމަަވެސް ވެރިކަން ބަދަލުވިއިރު މަސައްކަތުގެ ބޮޑޫ ބައެއް ނިންމައިނުލެވެއެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުންވެސް ނިމިފައިވަނިކޮށް އެ ހައުސިން ޔުނިޓުތަކުގެ ހައްގުވެރިންގެ ލިސްޓު އެއިރުގެ ސަރުކާރުން އާއްމުކުރި ނަމަވެސް އެ ފަރާތްތައް ފުލެޓުތަކަށް ވަނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ ކަންްތައްތަކެއް ފުރިހަމަކުރެވިފައި ނެތެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލު "އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެ ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަންތަނުގައި ގާއިމުކުރަންޖެހޭ މުހިއްމު ވަސީލަތްތަކުގެ ތެރެއިން، ޕަވާ ގްރިޑާ ގުޅުވައިލުމާއި، ސެކިއުރިޓީ ސިސްޓަމްތައް ގާއިމުކުރުމާއި، އިންޓަނެޓާއި އެހެނިހެން މީޑިޔާަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޖީޕޮން ނެޓްވޯކް އެޅުމާއި ކުނި ނައްތައިލުމުގެ ނިޒާމު ފަދަ އަސާސީ ގިނަ ކަންތައްތަކެއް ކުރަން ހަވާލުކޮށްފައި ކުރިން ނެތް ކަމަަށެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނެފައިވަނީ އެ މަސައްކަތްތަކަކީ ކޮންޓްރެކްޓުކުރި ފަރާތާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ތަން ބިނާކޮށް ނިމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަން ނިންމާފައި ހުރި މަސައްކަތްތަކެއް ކަމުގައި އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން މިފަދައިން ބުނެފައިވާއިރު އެ މަސައްކަތްތައް ކޮންޓްރެކްޓުކޮށް އެ ހުރިހާ މަސައްކަތެއް ނިމުމަކާ ހަމައަށް ގެނެސް އެ ފުލެޓުތައް ލިބޭ މީހުންނަށް އެތަންތަނަށް ވަދެވޭ މިންވަރަށް ތަންތަނުގެ މަސައްކަތް ގެންދިއުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި މި މަސައްކަތްތައް ކުރާނެ ގޮތެއް ތަރުތީބުކޮށް ހަމަޖައްސާފައިނުވާކަން އެފްޑީސީން ފާހަގަކުރެއެވެ. ނަމަވެސް މިހާރު އެ ކުންފުނިން އަންނަނީ އިންތިޒާމުތަކެއްގެ ތެރެއިން އެ މަސައްކަތްތައް ނިންމަަމުންނެވެ. ބައެއް ޓަވަރުތަކުގައި މިހާރު މި މަސައްކަތްތައްވެސް ނިމުމަކާ ގާތަށް އައިސްފައިވެއެވެ.
ހަމްދާން ވިދާޅުވި ގޮތުގއި މިހާރު ޓަވަރުތަކުގައި ކުރަމުންދާ މަސައްކަތްތަކަކީ އެމްޑީޕީގެ ސަރުކާރުން ނުކުރަން ނިންމި މަސައްކަތްތަކެވެ. އޭގެ ތެރޭގައި ސީސީޓީވީ ނެޓްވޯކު އެޅުމާއި، ގާބޭޖް ޝޫޓް ބެހެއްޓުމައި ކަރަންޓާއި ނަރުދަމާ ގުޅުވައލުން ފަދަ އަސާސީ ކަންކަން ހިމެނެއެވެ.
މިހާާރު އެފްޑީސީން މަސައްކަތްކުރަމުންދަނީ އަންނަ ސެޕްޓެންބަރު މަހުގެ ކުރިން ހުރިހާ ފުލެޓަކަށް އެތަންތަން ލިބުނު މީހުންނަށް ވަދެވޭނެ މިންވަރަށް ހަލުއިކޮށް ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ނިންމައިލުމަށެވެ.