ENGLISH
10 ސެޕްޓެމްބަރު 2025
މަޖިލިސް ރައީސްގެ އިލްތިމާސް؛ އިންސާފާއި ސުލްހަ ކުރިއެރުވުމަށް ބަރުލަމާނުތައް ގުޅިގެން މަސައްކަތްކުރޭ
30 ޖުލައި 2025
|
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދުނިޔޭގައި މިހާރު ހިނގަމުންދާ އެކި ހަމަނުޖެހުންތައް ހައްލުކޮށް އިންސާފާއި ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ބަރުލަމާނުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
ސްވިޒްލޭންޑުގެ ޖެނީވާގައި ކުރިއަށްދާ ބަރުލަމާނުތަކުގެ ރައީސުންގެ ހަވަނަ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުން އަބްދުއްރަހީމްވަނީ ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ އަނިޔާތަައް ކުށްވެރިކުރައްވާފައެވެ. ތަނަވަސްކަމާއި ސުލްހައާއި އަދުލަށްޓަަކައި ގިނަ ދައުލަތްތައް އެކުވެގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަަފުޅުގައި އަބްދުއްރަހީމްވަނީ ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ދުނިޔޭގެ ބަރުލަމާނުތައް އެކުވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ޣައްޒާގެ މައްސަލައިގެ އިތުރަށް އަބްދުއްރަހީމްވަނީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާއި، މޫސުމީ ބަދަލުތައް ފަދަ ތަބީއީ ކާރިސާތަކުގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ތަހައްމަލުކުރަންޖެހެނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމުގައި ވިދާޅުވެފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަނެ، ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެވޭނީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމާއެކު، އެންމެން އިންސާފުވެރިކަން އިސްކޮށް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކަށް ހޭނުންކަން ފާހަގަކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ އެ ގޮންޖެހުމުން އަރައިގަތުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ގޮތަކަށް ފައިސާ ނުލިބުން ކަމަށެވެ. އެހެންކަމުން ނާޒުކު ގައުމުތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
ރާއްޖޭގެ ބަރުލަމާނުން ބައިނަލްއަގުވާމީ ގުޅުންތަކަށް ދޭ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުވައިލައްވައި އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީހުގައި 25 އަށްވުރެ ގިނަ ޕާލިމަންޓަރީ ފްރެންޑްޝިޕް ގުރޫޕު ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް އައިޕީޔޫއާއި ސީޕީއޭ ފަދަ ގިނަ ދައުލަތް ބައިވެރިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު މަޖިލީހުން އަބަދުވެސް މަސައްކަތްކުރަމުންދާާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.