ENGLISH
10 ސެޕްޓެމްބަރު 2025
މޫސުން ގޯސް؛ 15 އަތޮޅަކަަށް ހުދު ސަމާލު ނެރެފި
30 ޖުލައި 2025
|
ރާއްޖޭގައި މުސުން ގޯސްވެފައި އޮތުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާއިން 15 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށެވެ.
މި ސަރަހައްދުތަކަށް ނެރެފައިވާ އެލާޓްގެ މުއްދަތު މިއަދު ހެނދުނު 7:00 އަށް ހަމަވެފައިވާއިރު، އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގެ ވަގުތު މެންދުރު 13:00 އާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ.
މެޓް އޮފީހުން ދެއްވާފައިވާ މައުލޫމާތުގައިވާ ގޮތުން، މި ސަމާލުގެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
އަދި ވިލާގަނޑުގައި ވައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް އަރާނެކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެތީ އާންމުކޮށް ހުރިހާ އެންމެން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.