ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ބޮޑުކުރި މުސާރަ ނުދޭ ވާހަކަ އަކީ ދޮގެއް: ފުލުހުންގެ ޚިދުމަތް

29 ޖުލައި 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ އިދާރާ

ބޮޑުކުރި މުސާރަ ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފި އެވެ.

ފުލުހުންނަށް މުސާރަ ބޮޑުކުރި ނަމަވެސް އެ މުސާރަ މިހާރު ނުދޭ ކަމަށް ބުނެ ސަރުކާރާއި ވާދަވެރި ފަރާތްތަކުން ދަނީ ދޮގު ޚަބަރެއް ފަތުރަމުންނެވެ.

އެ ވާހަކަތައް ދޮގުކޮށް ދިވެހި ފުލުހުން ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނިއިތުރު ކުރުމެއް ނެތި ފުލުހުންނަށް ދެމުން ގެންދާ ކަމަށެވެ.

އަދި ބުނީ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާއި ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށެވެ. ބަޔާނުގައި ބުނީ އިތުރަށް ބުނީ އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު