ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އުއްތަމަފަނޑިޔާރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

29 ޖުލައި 2025

|

އަޙުމަދު ޙަމީދު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން --

ހުސްވެފައިވާ ސުޕްރީމް ކޯޓްގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާާމުގައި ކުރީން ހުންނެވި އަޙްމަދު މުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މިއަދު މެންދުރު 12:00 އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި މުއްދަތު ހަމަވީއިރު އެ މަޤާމަށް ކުރިމަތިލައްވާފައި ވަނީ ތިން ބޭފުޅެކެވެ. އެއީ ފެމެލީ ކޯޓްގެ ފަނޑިޔާރު ކަމުގައި ހުންނެވި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހައިކޯޓްގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

ޣަނީ އާއި ޝުޖާއު ވަނ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރީން ހުޅުވާލުމުން ވެސް ކުރިމަތިލައްވާފަ އެވެ.

މި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އަށް ފެންނަ ނަމެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވުމުން އެމަނިކުފާނު އެ ނަމެއް މަޖިލީހަށް ހުށައަޅާނެ އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާނީ މަޖިލީހުން ރުހުން ލިބުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާާމުގައި ކުރީން ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އުއްތަމަ ފަނޑިޔާރުގެ މަޤާމުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގެންނެވި ފުރަތަމަ ބޭފުޅަކީ މުއުތަސިމް އެވެ.

ކިޔުންތެރިންގެ ހިޔާލު