ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފިޔާ އެތެރެކުރުމަށް ދިމާވި ދަތިތަކާއެކު ޝޯޓޭޖް ހައްލުކުރުމަށް އެސްޓީއޯ އިން ފިޔާ ގެންނަނީ

29 ޖުލައި 2025

|

ޝާމަ ޝުޢައިބު

ފިޔާ އެތެރެކުރުމަށް ދިމާވި ގޮންޖެހުންތަކާއެކު ކުރިމަތިވެފައިވާ ޝޯޓޭޖް މައްސަލަ ހައްލުކުރަން އެސްޓީއޯ އިން ފިޔާ ޝިޕްމަންޓެއް ގެންނަނީ - ފޮޓޯ: އަވަސް

މޫސުން ގޯސްވެ މުދާ އެތެރެކުރުމަށް ދިމާވި ގޮންޖެހުންތަކާއެކު ފިޔާ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރަން އެސްޓީއޯ އިން ފިޔާ ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެ ކުންފުނީގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ މޫސުން ގޯސްވެ، ކޮންމެ ހަފުތާއަކު ގެންނަމުން އައި ފިޔާ ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މިވަގުތު މާލޭގެ ބަނދަރުގައި ހުރި ބައެއް ބައެއް ބޯޓުތަކުން ވެސް ސްޓޮކް ބޭލުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޝާހު ވިދާޅުވީ އެހެން ކަމުން މި ޝޯޓޭޖަށް ހައްލު ގެނައުމަށްޓަކައި އެ ކުންފުނިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. 

އެސްޓީއޯގެ ރޯލަކީ ވިޔަފާރިވެރިންނަށް ދަތިވާ ދުވަސްކޮޅެއްގަ، މާކެޓަށް އަންނަ ބަދަލުތަކާއެކު ބައެއްފަހަރު އަގު ކުޑަކުރަން އެހީވުމާ ތަކެތި މަދުވާފަހަރުތަކުގައި، މުދާ ބާޒަރަށް ވާސިލުވުމުގައި މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކުރުން ކަމަށް މީގެ ކުރިން ވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

ފިޔާގެ އިތުރުން ލޮނުމެދާއި ލުނބޯ، ބިސް، މިރުސް އަދި އަލުވި ފަދަ ބާވަތްތައް ވެސް، މީގެ ކުރިން ދަތިވާ ދަނޑިވަޅުތަކުގައި އެސްޓީއޯ އިން ބާޒާރަށް ނެރެފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު