ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ވިއްސާރައިގެ ގެއްލުން: އެއަރޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެތައް ވެއްޓިއްޖެ

29 ޖުލައި 2025

|

އަޙުމަދު ޙަމީދު

ވިއްސާރާގައި ގިޑިގެ ވެއްޓިފައި --

މިހާރު ކުރަމުންދާ ވިއްސާރާގައި އެއަރޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެތައް ވެއްޓިއްޖެ އެވެ.

މިއަދަކީ މުޅި ރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ދުވަހެކެވެ. މާލެ ސަރަޙައްދަށް ވެސް މިއަދު ހެނދުން ފެށިގެން މޫސުން ވަރަށް ގޯހެވެ.

ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި މާލެއާ ހުޅުލެ އަދި ހުޅުމާލެއަށް ވަރަށް ވައި ގަދަވި އެވެ. ބޯކޮށް ވާރޭވެހި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވި އެވެ.

ވައި ގަދަވެ އެއަރޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެތައް ވަނީ ވެއްޓިފަ އެވެ. ބައެއް ސަރަޙައްދުތަކުގައި ހުރި ގަސްތަކުން ގޮފިގަނޑުގަނޑު ވެއްޓުން ފަދަ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ.

މިއަދު މޫސުން ގޯސްވެ މުޅި ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ހުދު ސަމާލު ނެރެފަ އެވެ.

އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 އާ ދެމެދަށެވެ. އަދި އެ ހުދު ސަމާލު ނެރެފައިވަނީ މުޅި ރާއްޖެއަށެވެ. 

އެ އިދާރާއިން ބުނި ގޮތުގައި މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގައި ލަފާކުރެވެއެވެ. އޭގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. 

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ހަފުތާގައި ވެސް މޫސުން ވަރަށް ގޯސްވި އެވެ. އަދި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ އެންމެން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު