ENGLISH
10 ސެޕްޓެމްބަރު 2025
މާވަށުގައި މީހަކު މަރާލުން: ތުހުމަތު އޮތް މީހާ ޝަރީއަތް ނިމެންދެން ބަންދު
29 ޖުލައި 2025
|
މޫސަ މަރާލުމުގެ ތުހުމަތު އޮތް މީހާ --
ލ.މާވަށުގައި އިއްޔެ ހިނގި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
އިއްޔެ ހެނދުނު މާވަށު ވޮލީބޯޅަ ކޯޓު ކައިރީ ހުއްޓައި ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ.ނޮޅިވަރަންފަރު އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑެއް އޮތް މީހެކެވެ.
މި ހާދިސާގައި މަރުވި މޫސާގެ ހަށިގަނޑު މާވަށުން ފޮނަދުއަށް ފޮނުވުމަށްފަހު، ފޮނަދުއިން މިހާރު ވަނީ މާލެއަށް ގެނެސްފައިވެއެވެ.
މިއަދު ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޫސަގެ ހަށިގަނޑު މާލެއަށް ގެނައި، ހަދަންޖެހޭ އިތުރު ތަހުލީލުތަކެއް ހެދުމަށް ކަމުގައެވެ. ނަމަވެސް ހަދަނީ ކޮން ތަހުލީލުތަކެއްކަން އެ އިދާރާއިން ހާމަކޮށްފައިނުވެއެވެ.