ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ގަދަވައާއެކު ވިއްސާރަކުރާތީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

29 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މާލެއަށް ކުރި ގަދަ ވިއްސާރައެއްގައި މީހަކު ސައިކަލުގައި ދަތުރުކުރަނީ، ފޮޓޯ: މިހާރު

މިއަދު މޫސުން ގޯސްވެ މުޅި ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމުގައި ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. 

އެ އިދާރާއިން ދާދި ދެންމެއަކު ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 އާ ދެމެދަށެވެ. އަދި އެ ހުދު ސަމާލު ނެރެފައިވަނީ މުޅި ރާއްޖެއަށެވެ. 

އެ އިދާރާއިން ބުނި ގޮތުގައި މި ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގައި ލަފާކުރެވެއެވެ. އޭގެ އިތުރަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. 

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ހަފުތާގައި ވެސް މޫސުން ވަރަށް ގޯސްވި އެވެ. އަދި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ އެންމެން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު