ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުން މުޖުތަމަޢަށް އަހުލުވެރިކުރުވަން ޕްރޮގްރާމެއް

29 ޖުލައި 2025

|

ޢަލީ ޝަހީމް

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ބައެއް މީހުންނަށް ހުޅުމާލޭގައި ޕްރޮގްރާމް ކުރިއަށްގެންދިއުން. ފޮޓޯ: އެޗްޑީސީ

ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުން މުޖުތަމަޢަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ނެޝަނަލް މެންޓަލް ހެލްތު ޑިޕަރޓްމަންޓާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ. 

ގުރައިދޫ މަރުކަޒަކީ ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވެ، ދައުލަތުން އެ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުން ބެލެހެއްޓުމަށް ޚާއްޞަކޮށްފައިވާ މަރުކަޒެކެވެ. އެ މަރުކަޒުގައި މިހާރުވެސް ދުއިސައްތައާ ގާތްކުރާ އަދަކަށް މީހުން ބަލަހައްޓައެވެ. އޭގެތެރޭގައި ނަފްސާނީ ބަލި ތަހައްމަލްކުރާ މީހުން ވެސް ހިމެނެއެވެ. 

މެންޓަލް ހެލްތު ޑިޕަރޓްމަންޓުން އަންނަނީ އެތަނުގައި ފަރުވާ ދިނުމަށްފަހު، އަނބުރާ އާއިލާތަކާ ޙަވާލުކުރެވޭ ޙާލަތުގައި ތިބި މީހުންގެ ރީއިންޓަގްރޭޝަންގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި އެ މަރުކަޒުގެ 14 މީހަކު ބައިވެރިވިއެވެ. އޭގެތެރޭގައި އަނބުރާ އާއިލާއާ ޙަވާލުކުރަން ހަމަޖެހިފައިވާ ބައެއް މީހުން ވެސް ހިމެނެއެވެ. 

ޕްރޮގްރާމްގެ ތެރެއިން އެޗްޑީސީން ވަނީ އެމީހުން ހުޅުމާލެ ގެނެސް، ހުޅުމާލޭގެ އާއްމު ދިރިއުޅުން ދައްކާލާފައެވެ. އަދި، ހުޅުމާލޭގެ ޓުއާއެއް ކުރިއަށް ގެންދިއުމުގެ އިތުރުން، އާއިލީ މާޙައުލުގައި ކެއުމުގެ އިންތިޒާމުތަކާއި ބައެއް އާއިލާތަކާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދީފައިވެއެވެ. އަދި، ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުޞަތުގެ އިތުރުން، ޕްރޮގްރާމް ނިންމާލުމުގެ ކުރިން ސެންޓްރަލް ޕާކުގައި ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން ވަނީ ޕްރޮގްރާމްގެ ބައިވެރިންނަށް ޒަރޫރީ ބައެއް ސާމާނު ވެސް ހަދިޔާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު