ENGLISH

26 ނޮވެމްބަރު 2024

ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅުނު 30 އަށްވުރެ ގިނަ ބިދޭސީން އަތުލައިފި

23 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ތިލަފުށީގައި އިމިގްރޭޝަނުން ހަރަކާތްތެރި ވަނީ

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން ތިލަފުށިން އިއްޔެ އަތުލައިގަތް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ތިލަފުށީގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 28 އޮފިސަރުންނާއި 35 ފުލުހުން ބައިވެރިވިއެވެ. އޮޕަރޭޝަންގެ ތެރޭގައި ޖުމްލަ 257 ބިދޭސީން ޗެކްކުރި ކަމަށާއި، އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން 22 ބިދޭސީއަކު އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުމުން ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.


ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 5،000 ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު