ENGLISH

19 އޭޕްރީލު 2026

Advertisement

މުޒާހަރާކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންވާ ބަޔަކު: ޝުޖާ

19 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ

މިހާރު މާލޭގެ މަގުތައް ހަލަބޮލިކުރުމަށް ކޮންމެ ރެޔަކު އިދިކޮޅު އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާތަކަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި މަގާމުތަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ބައެއް ކެންޑިޑޭޓުން އެ ބޭފުޅުންނަށް ތާއީދު ހޯއްދެވުމަށް ކުރަމުންދާ ކަމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ލޯކަލް ކައުންސިލު އިންތިހާބަށްފަހު އެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުނުކަމަށް ގަބޫލުކުރެވުމާއެކު، އެ ޕާޓީން އަންނަނީ ކޮންމެ ރެޔަކު މާލޭގައި މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަަކުގައި އެމްޑީޕީގެ ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު މިހާތަނަށް ބައިވެރިވެވަޑައިނުގަންނަވައެވެ. މުޒާހަަރާގެ ކުރީ ސަފުގައި އުޅުއްވަަނީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ އެކި ދާއިރާތަކުގެ އެކި މަގާމުތަކަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅންނެވެ.

މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީން މާލޭގެ މަގުތައް ހަލަބޮލިވާ ގޮތަށް އާއްމުންނަށް ދަތިވާ ގޮތށް ކޮންމެ ރެޔަކު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަކީ ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ގޯސްކޮށް ކަމެއް ކުރަމުންދާތީ ކުރިއަށްގެންދާ މުޒާހަރާތަކެއް ނޫން ކަމށެވެ. 

އެ ޕާޓީގެ އެއްވެސް އިސްވެރިޔަކު ޖަލުގައި ނެތްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ މިހާރު ސިޔާސީ ގޮތުން އަނިޔާ ލިބެމުންދާ އެންމެ މީހަކުވެސް ނެތް ކަމަށެވެ. އަދި ރަނގަޅުކުރައްވަންޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ކަންކަން އެމަނިކުފާނު ރަނގަޅުކުރައްވަމުންދާ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަޔތްތައް އިތުރަށް ފުރިހަމަކުރެއްވުމަށްވެސް އެމަނިކުފާނު މަސައްކަތްކުރައްވާ ކަމަށް ޝުޖާ ވިދާޅުވިއެވެ. 

ޝުޖާ ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުން އާއްމު މެންބަރުންގެ ތާއީދު ހޯއްދެވުމަށް ބޭނުންފުޅުވާ ފޮޓޯ ހޯއްދެވުމަށް ކުރައްވަމުންދާ މުޒާހަރާތަކަކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މުޒާހަރާތަކުގެ ބޭނުމަކީ މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުން، ޕާޓީއަށްޓަކައި ގުރުބާންވެވަޑައިގަތީ އެ ބޭފުޅުންކަން އާއްމު މެންބަރުންނަށް ދެއްކެވުމެވެ. 

އެމްްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޓެގުކުރައްވައި ޝުޖާ ވިދާޅުވީ އެއްވެސް ސަބަބެއް އަސާސެއް ނެތި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާ ގޮތަށް ކުރަމުންދާ މިފަދަ ކަންކަމަކީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު