ENGLISH

11 ޖޫން 2026

Advertisement

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

11 ޖޫން 2026

|

އާމިނަތު ނުޒްލާ

މުދަލު ޒަކާތް ދެއްކުން --

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ އެވެ.

މިއަހަރު ކޮންމެ ފަގީރެއްގެ ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދުކަންވެސް ޒަކާތު ހައުސް އިން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރު ވެސް މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5,000 ދިވެހި ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ބޮލަކަށް 500 ރުފިޔާ އިތުރަށް ދީފައިވެއެވެ. 

ސަރުކާރުން ދަނީ ޒަކާތަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ޒަކާތު ހައުސް ވެސް އުފައްދަވާފައެވެ. އެގޮތުން ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު