ENGLISH
11 ޖޫން 2026
ފޯނުގައި ހެކި ހުންނާނެ ކަމަށް ބުނި ނަަމަވެސް ޕާސްވޯޑް ދޭންވެސް ޝަމްއާން ދެކޮޅުހެދި، މައްސަލަވެސް ހުށަނާޅާ
11 ޖޫން 2026
|
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން
އެންމެ މަޤްބޫލު
މުޅި ތަހުގީގުގެ މަރުހަލާގަ އާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްޢާން ވަޙީދު ދީފައިނުވާ ކަމަށާ އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ޝަމްއާންގެ މައްޗަށް އުފުލި ދައުވާތަކާއި ގުޅިގެން ހުކުމްކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރީން ނޫސްވެރީންނާއި ބައްދަލުކޮށް ސަރުކާރުގެ އިސްވެރީންނަށް ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވަމުން އެ ތުހުމަތުތަކަށް ބޭނުންވާ ހެކި އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ބުނުމާއި ގުޅިގެންނެވެ. ޝައްމާންގެ ފޯން އޮތީ ފުލުހުންގެ އިދާރާގަ އެވެ. އެއީ ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފަ އެވެ.
އޭނާ އެ ދުވަހު ބުނީ އެ ފޯނުން ފުލުހުންނަށް ހެކި ހޯދޭނެ ކަމަށާ އޭނާ ކުރާ ތުހުމަތުތަކަށް ބޭނުންވާ ހެކި އެ ފޯނުގައި ހުންނާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ޖޫން 09 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި ޑިސެމްބަރ 25 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށާ ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.